މާލޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިލެކްޓްރޯނިކްސް އަދި ގެޖެޓް ވިއްކާ އައިއެމް ޓެކްއާ އެކު ޕާޓްނާވެއްޖެ އެވެ.

މި ޕާޓްނަޝިޕްގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ހެޔޮ އަގެއްގައި، ވައްތަރުތަކުގެ އިލެކްޓްރޯނިކްސް އާއި ގެޖެޓް ފޯރުކޮށްދީ، ފަސޭހަކަމާއެކު މިތަކެތި ބައްލަވައިގަނެ ގެއާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

އައިއެމް ޓެކް ގެ މައިގަނޑު މަގްސަދަކީ ޒަމާނީ ޓެކްނޮލޮޖީ އެންމެންނަށް ވެސް ތަޖުރިބާކުރެވޭނެ މަގުފަހިކޮށްދީ ބަޖެޓާ ރައްޓެހި ޕްރޮޑަކްޓްތަކުގެ އިތުރުން މަތީ ފަންތީގެ ޑިވައިސްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. އައިއެމް ޓެކްގެ ޕްރޮޑްކްޓްތަކާ އެކު މޫލީ މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ޓެކް ޑިވައިސްތައް ހެޔޮ އަގުގައި އެއްތަނަކުން ބައްލަވައިގަނެވޭނެ އެވެ.

ތަފާތު ވައްތަރުގެ ސްމާޓްފޯނާއި ލެޕްޓޮޕުން ފެށިގެން ގޭމިން ކޮންސޯލްތަކާއި ގޭތެރޭގެ ސާމާނު ފަދަ ތަކެތި އެކި އަގުތަކުގައި މިހާރު ކޮންމެތާކު ކޮންމވަގުތެއްގައިވެސް އޮންލައިންކޮށް ބަލާ އަދި އެބޭފުޅަކަށް ކަމުދާ އަދި ބަޖެޓާ ރައްޓެހި ސާމާނު ބައްލަވައިގަނެ ގެއާހަމައަށް ޑެލިވަރކޮށްލެވޭނެ އެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކަސްޓަމަރުންނަށް ބޭނުންވާ ޑިވައިސްތައް ސީދާ ގޭދޮށަށް ޑެލިވަރީ ކޮށްދިނުމުގެ ފަސޭހަކަން މިހާރު ލިބިގެންދާނެ އެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުން ޑެލިވަރީގެ ދިގު ވަގުތުތަކުގައި ދިމާވާ ދަތިތައް ނައްތާލައި، ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހަރުދަނާ ޝޮޕިންގ ތަޖުރިބާއެއް ލިބޭނެ އެވެ.

މޫލީ އާއި އައިއެމް ޓެކްގެ ޕާޓްނާޝިޕްގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ މުހިންމުކަން ވެސް ފާހަގަކޮށްލެވެ އެވެ. އިތުބާރު ކުރެވޭ މާޗަންޓެއްގެ ގޮތުގައި އައިއެމް ޓެކް ޕްރޮމޯޓްކޮށް މޫލީގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ތާއީދުކޮށް، ލޯކަލް އިގްތިސާދު ކުރިއެރުވުމުގެ މުހިންމުކަމާ މެދު އާންމުންގެ މެދުގައި ރަނގަޅު ވިސްނުމެއް އުފެއްދުމެވެ.

ހެޔޮ އަގެއްގައި ލިބެން ހުރި އިލެކްޓްރޯނިކްސް އަދި ގެޖެޓްތައް ދެނެގަތުމަށް މޫލީގެ އައިއެމް ޓެކް ސްޓޯރަށް https://mool.ee/imtech ޒިޔާރާތްކުރައްވާށެވެ.