ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް އެދޭ ކަސްޓަމަރުންނަށް ހުލޭ ރައުޓަރު އަދި ހިލޭ ސެޓަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މިދިޔަ ހުކުރު ދުވަހު ފެށި މި ޕްރޮމޯޝަނުގެ ދަށުން ފައިބާ ބްރޯޑްބޭންޑުގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ. މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަނާ ބެހޭގޮތުން ދިރާގުގެ މެނޭޖާ އެކުއިޒިޝަންސް ޖަނާ އިބްރާހީމް ވިދާޅުވީ، މިއީ އެއްވެސް ސެޓަޕް ފީއަކާ ނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި ހަލުވި ފައިބަ ނެޓްވާކް އާ ގުޅާލުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ.

"ދިރާގު ފައިބަ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ޚިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ޖަނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ އެކުންފުނީގެ ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކް ކަމަށެވެ.

ދިރާގުން ވަނީ މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.