ބޮޑު އީދު ބަންދާ ގުޅުވައިގެން އުރީދޫއިން ތައާރަފްކުރި ހާއްސަ ޕްރޮމޯޝަންގެ ތެރެއިން އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓް، ފަސޭހަ އަދި އެއާ ފައިބާގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ނަގާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން މިމަހުގެ 31ގެ ކުރިން އާ ސުޕާނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހަ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ ފޯނު، އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

ހަމަ އެއާއެކު ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް ވެސް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް ދެ ގްރެފައިޓް ފަދަ އަގުހުރި އިނާމުތަކެއް ހިމެނޭ ކަމަށް ވެސް އުރީދޫން ބުނެ އެވެ. މި ނަސީބުވެރިފަރާތްތައް ހޮވާނީ ހޮވާނީ ޕްރޮމޯޝަނަށް ފަހު އަންނަ މަހު އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއަށް އިތުރުވެ އެވެ.

އުރީދޫ ފަސޭހަ ޕެކޭޖްތަކަކީ ކަސްޓަމަރުންނަށް ވަގުތުން އެކްޓިވޭޓްކޮށްލާ، ކޮންމެތާކުން ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ހިދުމަތެކެވެ. އެހެންކަމުން މި ޙިދުމަތަކީ ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި އާންމުކޮށް ދަތުރުކުރާ ފަރާތްތަކަށް ވެސް މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ލިބިގަތުމަށް އެންމެ ފުރިހަމަ ހިދުމަތެވެ.

މީގެ އިތުރުން ގޭމު ކުޅެ، ސްޓްރީމްކޮށް އަދި ބޮޑެޓި ޑޭޓާ ޕްރެސެސް ކުރާ ފަރާތްތަކަށް 5ޖީ އެއާ ފައިބާ މެދުވެރިކޮށް އިންޓަނެޓް އެންމެ ފުރިހަމައަށް ހަލުވި ސްޕީޑްގައި ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރު 5ޖީ ނެޓްވޯރކް އިތުރަށް ވަރުގަދަކޮށް މުޅި ގްރޭޓާރ މާލެއަށް ފުޅާކޮށް ޙިދުމަތް އިތުރަށް ފުރިހަމަ ކޮށްފަ އެވެ.