ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލު ގެ ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯ ގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ހަތް ދުވަހުގެ ބާލީ ދަތުރެއް ނިންމައިފި އެވެ.

މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޯގަސްޓް ތިން ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު 8 ކުން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތަކަށް ވާނެއެވެ. ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކަކާއެކު ބާއްވާ މި ކާނިވަލަކީ ކޮންމެ މީހަކަށް ވެސް އުފާވެރި ތަޖުރިބާއެއް ކަށަވަރުކޮށްދޭ ކާނިވަލެކެވެ.

މި ކާނިވަލް ކުރިއަށް ދާ ލަކީ ޑްރޯ ގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ ހަތް ދުވަހުގެ ބާލީ ދަތުރު ގެ ނަސީބުވެރި ފަރާތަކަށް ވުމަށް ކާނިވާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓަރކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. ލަކީ ޑްރޯ ގެ ނަސީބުވެރި ފަރާތް ހޮވަން ހަމަ ޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަހު، އަންނަ ބުރާސްފަތި ދުވަހު އެވެ.

އުރީދޫން ބުނީ މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި އެއް ފަރާތަށް އުރީދޫއިން ދެ މީހުންގެ ހަތް ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓް ހަތަރު ތަރީގެ އެކޮމޮޑޭޝަން ގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ. އޭގެތެރޭގައި އުބުދުގައި ދެ ރޭ، ނޫސާ ޕެނިޑާގައި ދެ ރޭ އަދި ދެ ރޭ ސެމިނިއާކް ގައި ހިމެނޭއރިު މިތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. ޓުއާ ގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލާލުމާއި، އުބުދު ސެންޓަރ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމާއި، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ހައިރާންވުމާއި، އަތުހު ބީޗަށް އަރާމުކުރުމާއި، ޓްރީ ހައުސްއަށް ޒިޔާރަތްކުރުމާއި، ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގްރޭންޑް ޕްރައިޒް ހޯދުމުގެ ފުރުސަތުގެ އިތުރުން، މިނިވާން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލަށް ޒިޔާރަތްކުރުމަށް އުރީދޫ މޯލްޑިވްސް އިން ދައުވަތު ދެ އެވެ. އުރީދޫ ނޭޝަން ސްޓޯލްގައި ހިތްގައިމު ކުޅިވަރުތަކެއް ފެންނާނެ ކަމަށާއި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުންޏެވެ.