އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ ގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން ހޯދައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފަ އެވެ. މާލެ ސިޓީ މަސްރޭހަށް ރެޖިސްޓަރ ކުރި 30 އަށްވުރެ ގިނަ ޓީމާއެކު މާލޭގައި މި މުބާރާތް ވަނީ މިދިޔަ ހުކުރު ދުވަހު ބާއްވާފަ އެވެ.

ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ އިން ސޮނީ ފިޝިން ޓީމުން ޖުމްލަ 860.34 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާ ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރ ކާމިޔާބުކޮށްފި އެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 698.7 ޕޮއިންޓާއެކު ޑެޓިއުންފިޝިންއިން ކާމިޔާބުކުރިއިރު 412.18 ޕޮއިންޓާ އެކު މަލެ ސިޓީ އިން ތިން ވަނަ ކާމިޔާބުކޮށްފާވަނީ ސްޓެލްކޯ މެން ޓީމުންނެވެ. މެންދުރު 2:30 ގައި ޓީމުތައް މަހަށް ފުރައިގެން ކުރިއަށް ދިޔަ އެއްދުވަހުގެ މި މުބާރާތުގައި ޓީމުތަކުން ފެނުނު ފޯރިއާއި ވާދަވެރިކަމުގެ އިތުރުން މަސްވެރިކަމަށް އޮތް ލޯބި ފެނިގެންދިޔަ އެވެ.

މީގެ އިތުރުން ޓީމް ކްރަންޗީސްގެ ނައުޝާދު، މަސްވެރިކަމުގެ ހުނަރުދައްކާލާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ޑީޓިއުންފިޝިން އިން ފެޒޫ އެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 17.54 ކިލޯ ގެ މުޑަހަނދި އެކެއެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިން ޓީމ ސޮނީ ފިޝިންގ އިން ވަލީދު އެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާރޓްނަ ސީގިއަރ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފަ އެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތަކުގަ އެވެ.

މާލެ ސިޓީ: އޮގަސްޓް މަހުގެ 4 ވަނަ ދުވަހު

ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11

އައްޑޫ ސިޓީ: އޮގަސްޓް 18

ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން މާލެ ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެ އެވެ.