އުރީދޫ މަސްރޭސް 2023 ގައި ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ. އައްޑޫ ސިޓީ މަރަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

އައްޑޫ ސިޓީގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންޝިޕްކަން ހޯދާފައިވަނީ 220.9 ޕޮއިންޓާ އެކު ޓީމް ފެހުރިހި އެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 141.6 ޕޮއިންޓާއެކު ޓީމް ހޮންޑެލި ކާމިޔާބުކުރިއިރު 131.9 ޕޮއިންޓާ އެކު ކުޅުދުއްފުށި ސިޓީ އިން 3 ވަނަ ކާމިޔާބުކޮށްފާވަނީ ބަރަކޫޑާ ޓީމުންނެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 5.5 ކިލޯ ގެ ކުރުމަހެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިންކަން ހޯދި ފެހުރިހި ޓީމުން ނަޖާ އެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާރޓްނަރ ސީގިއާގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އުރީދޫ މަސްރޭސްގެ ތާރީހުގައި ކައްޓެޅި މަސް ބޭނި ފުރަތަމަ ފަހަރެވެސްމެ އެވެ. ކައްޓެޅިމަސް ބާނާފައިވަނީ މުބާރާތުގެ ތިން ވަނަ ކާމިޔާބުކުރި ބަރަކޫޑާ ޓީމުން ޖިނާހު އަދި ޝާނިޒް އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ޓީމު ހެޕީ މާކެޓުން އިބްރާހިމް އަބްދުﷲ ކާމިޔާބުކޮށްފާވީއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ފެހުރިހި ޓީމުން އަޒްލިފާ އަޒީޒެވެ. އިބްރާހިމް އަބްދުﷲ ހަތް މަސް ބާނާފައިވާއިރު އަޒްލިފާ އަޒީޒް ބާނާފައިވަނީ ހަތަރު މަހެވެ.

މި މުބާރާތުގެ އެންމެ ފަހު ސިޓީ – ފުވައްމުލައް ސިޓީގައި މަސްރޭސް ކުރިއަށް ދާނީ 25 އޯގަސްޓް ވާ ހުކުރު ދުވަހު އެވެ. އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާޓްނަރުންގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެ އެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފަ އެވެ.