ހޯރަފުށީގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި އެރަށުން 7 ބިމެއް ގެސްޓްހައުސް ތަރައްޤީކުރަން ދޫކުރުމަށް ރަށު ކައުންސިލުން ނިންމައިފިއެވެ.

ހޯރަފުށީ ޓޫރިޒަމް ޒޯނުން ހަތް ބިމެއް، އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލީ އެ ރަށުން ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުމުގެ އެމްއޯޔޫގައި ހޯރަފުށީ ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު ސޮއިކުރުމަށްފަހު އެވެ.

ހޯރަފުށީގައި މިހާރު ވަނީ ހަތަރު ގެސްޓުހައުސްއެއް ހިންގަ އެވެ.

ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ބިންތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ އޮންލައިން ބައްދަލުވުމުގައި ބައިވެރިވާން ފެބްރުއަރީ 1ގެ ކުރިން ރަށު ކައުންސިލަށް އީމެއިލް ކުރަން ޖެހެ އެވެ. އަދި މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ފެބްރުއަރީ ތިން ވަނަ ދުވަހުގެ 1:00 ގައި ބާއްވާގޮތަށް ހަމަޖައްސާފައިވެ އެވެ. އަދި ފެބްރުއަރީ 18 ވަނަ ދުވަހުގެ 1:00 ގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.

ހޯރަފުށިން ގެސްޓުހައުސް ހަދަން ދޫކުރަން ހަމަޖެހިފައިވަނީ އެކި ސައިޒުގެ ބިންތަކެވެ.