އުރީދޫ މޯލްޑިވްސް އިން ހުޅުމާލެ، ރެޑްވޭވް މޯލްގައި އުރީދޫ ގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުވައިފި އެވެ.

އުރީދޫން ބުނިގޮތުގައި ރެޑްވޭވް މޯލްއާ އެކު ކުރިއަށް ގެންދާ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަގްސަދަކީ ކަސްޓަމަރުންނަށް މޯލްގައި ޝޮޕިން ކުރާއިރު ލުއިފަސޭހަކަމާއެކު އުރީދޫ ގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

ރެޑްވޭވް މޯލްގައި ހުޅުވުނު ޝޮޕް އިން ޝޮޕް ކައުންޓަރުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި، އުރީދޫ ބިލްތައް ދެއްކުމާއި، ސުޕަނެޓްގެ ހިދުމަތް ހޯދުމާއި، 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ހޯދުމުގެ އިތުރުން އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބޭނެ އެވެ. ހަމަ އެއާ އެކު ކޭޝްލަސް އަދި އަވަސް ޕޭމަންޓް ސޮލިއުޝަންއެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލް އަދި ރެޑްވޭވް ގެ އެހެން ފިހާރަތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ އެވެ. މިއީ އުރީދޫގެ އައުޓްލެޓަކަށް އިތުރު ދަތުރެއް ނުކޮށް ރެޑްވޭވް މޯލުން ވިޔަފާރި ކުރަން ދާ ބޭފުޅުންގެ އަގުހުރި ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުވިފައިފާ ޝޮޕެކެވެ.

"ރެޑްވޭވް މޯލްގައި އަޅުގަނޑުމެންގެ ޝޮޕް އިން ޝޮޕް ކައުންޓަރު ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓްރެޓެޖިކް ޕާޓްނަރޝިޕަކީ ކަސްޓަމަރުންގެ ދިރިއުޅުން ގުޅާލައި މުއްސަނދިކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ޕާޓްނާޝިޕެއް. މީގެ ސަބަބުން ރެޑްވޭވް މޯލްއިން ޝޮޕިން ކުރާ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން އުރީދޫގެ ހިދުމަތްތައްވެސް ލިބގަނެ ފުރިހަމަ ޝޮޕިންގ ތަޖުރިބާއެއް ލިބިގެންދާނެ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

ރެޑް ވޭވް މޯލްގެ ޖެނެރަލް މެނޭޖަރު، މުހައްމަދު ޝުޖާއު ވިދާޅުވީ އެ ހިދުމަތާއެކު ރެޑްވޭވް މޯލްގައި ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމަށެވެ.

އުރީދޫގެ އާ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުމާލޭ ރެޑްވޭވް މޯލްގައި ވަނީ ހުޅުވާފައި ---

"އުރީދޫ މޯލްޑިވްސްއަށް އަޅުގަނޑުމެންގެ މޯލަށް މަރުޙަބާ ދެންނެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޝޮޕް އިން ޝޮޕް ކައުންޓަރުން ރެޑްވޭވް މޯލްގައި އަޅުގަނޑުމެން ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ. މިކަމުން ދައްކުވައިދެނީ އަޅުގަނޑުމެންގެ އަގުހުރި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" ޝުޖާއު ވިދާޅުވި އެވެ.

ރެޑްވޭވް މޯލްގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ޝޮޕް-އިން-ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނަނީ މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައި ކަމަށް އެކުންފުނިން ބުންޏެވެ. މި ކައުންޓަރުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެލެކޮމިއުނިކޭޝަންސް ގެ ހިދުމަތްތައް ލިބޭނެ އެވެ.