ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެ އެވެ.

އުރީދޫ އިން ބުނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ގޭމާސް ލޭންޑުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. ގޭމާސް ލޭންޑަކީ، ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް މި ހަފުތާ ބަންދުގައި އުފާވެރި ގޭމިން ތަޖުރިބާއެއް ކުރެވިގެންދާނެ ގޭމިން ފެސްޓިވަލެކެވެ.

ގޭމާސް ލޭންޑްގެ ހަރަކާތްތައް ކުރިއަށް ދިއުމަށް ރޭވިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.

ފުރަތަމަ ދުވަސް - އޮކްޓޯބަރު 19

  • މެންދުރު ފަހު 3:30 އިން ހަވީރު 4:00 އަށް: ގޭމާސްގެ ލޭންޑް ހުޅުވުމުގެ ރަސްމިއްޔާތު
  • ހަވީރު 4:00 އިން 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް ފަށުން
  • ހަވީރު 5:00 އިން 6:00 އަށް: ރޭސިން ސިމިއުލޭޓާ މުބާރާތް ފަށުން
  • ރޭގަނޑު 8:00 އިން 11:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.

ދެވަނަ ދުވަސް - އޮކްޓޯބަރު 20

  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް: 100ކޭ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗްތައް ކުރިއަށްދާނެއެވެ.

ތިންވަނަ ދުވަސް - އޮކްޓޯބަރު 21

  • ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތުގެ މެޗުތައް ކުރިއަށްދާނެ.
  • ރޭގަނޑު 8:00 އިން ރޭގަނޑު 9:00 އަށް: ކޮސްޕްލޭ ޝޯޑައުން
  • ރޭގަނޑު 9:00 އިން 11:00 އަށް: ނިންމުމުގެ ރަސްމިއްޔާތު

މި މުބާރާތްތަކުގައި ރެޖިސްޓަ ވެގެން ވާދަކުރާ ގޭމަރުންގެ އިތުރުން ގޭމާސް ލޭންޑް އަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ހަރަކާތްތައް މި އިވެންޓްގައި ވަނީ ހިމަނައިފަ އެވެ. އޭގެތެރެއިން:

  • ވީއާރް އެކްސްޕީރިއަންސް ސެންޓަރު: އޮކިއުލަސް ސްޓޭޝަންގައި ވާޗުއަލް ރިއަލިޓީގެ ދުނިޔެއަކަށް ޒިޔާރަތްކޮށް ތަފާތު ގޭމްތައް ކުޅުވޭނެ އެވެ. ފަސް މިނެޓަށް އެންމެ 25 ރުފިޔާ އަދި 10 މިނެޓަށް 40 ރުފިޔާއަށް، އޮކިއުލަސްގެ ގޭމުތައް ތަޖުރިބާކޮށްލެވޭނެ އެވެ.
  • ކްލޯ މެޝިން: އެންމެ 20 ރުފިޔާއަށް ކްލޯ ކޮއިންއެއް ލިބޭއިރު ކްލޯ މެޝިނުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
  • ކާބޯތަކެތީގެ ސްޓޯލްތައް: ޔޯގާބާ، ކޮކާކޯލާ، އީޓޫއެސް ފުޑް ސްޓޯލް، ވީއާރް ކެފޭ ސްޓޯލް ފަދަ ސްޓޯލްތަކުން ތަފާތު ކާބޯތކެތި ވެސް ލިބެން ހުންނާނެ އެވެ.

މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު އަރުވަ އެވެ.