ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް "އޯލަ" މޮބައިލް މަނީ ގެ ހިދުމަތް ފޯރުކޮށްދޭ އެމް-ފައިސާ ގުޅިގެން އޯލަ އެޕް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

އެމް-ފައިސާއާ އެކު ވެވުނު މި ޕާޓްނާޝިޕާއި އެކު އޯލާ އެޕް ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި ކަމާއެކު ފަސޭހައިން ސަބްސްކްރިޕްޝަން ފީ ދައްކާލެވޭނެ ކަމަށް އުރީދުއިން ބުންޏެވެ.

މިއީ އޯލާ އެޕްގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަން ލިބިގަނެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކަށް ޑައުންލޯޑް ކުރެވޭ އޯލާ އެޕްލިކޭޝަނަކީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. އޯލާ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތްތަކަށް ވެސް މި އެޕްއަށް ފަސޭހަ ކަމާއެކު ލޮގިންވެވޭނެ އެވެ.

މީގެ އިތުރުން ބެލެނިވެރިންނަށް ވަކި ލޮގިންއެއް ހެދޭއިރު ފަސޭހަކަމާ އެކު ރައްކާތެރި ތަޖުރިބާއެއް ކުދިންނަށް ކަށަވަރުކޮށްދެވެ އެވެ.

އޯލާ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިފާވެއެވެ. "އަޖުމަ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެ އެވެ. ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔާމާ" ވާޝަންއަށް އަށް ސަބްސްކްރިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓަށް ލިބިގެންދާނެ އެވެ.

ސަބްސްކްރައިބް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150ރ ގެ ސަބްސްކްރިޕްޝަން ނުވަތަ މުޅި އަހަރަށް 1440ރ ގެ ސަބްސްކްރިޕްޝަން އެއް ބައްލަވާގަނެވޭނެއެވެ. މި ސަބްސްކްރިޕްޝަންއަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް މިހާރު އެމް-ފައިސާ ގެ ހިދުމަތް، އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ހިޔާރު ކުރެވޭނެ އެވެ.

އުރީދޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޯލަ އެޕްލިކޭޝަނަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ އެޕްލިކޭޝަނެކެވެ. އޯލާ އެޕް މެދުވެރިކޮށް އެމް-ފައިސާ ދެއްކުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށްޓަކައި، އެންމެ ފަހުގެ ވާޝަނަށް އެޕް އަޕްޑޭޓްކޮށް، ސަބްސްކްރައިބް ކުރާއިރު އެމް-ފައިސާ ޚިޔާރުކުރާށެވެ.

އޯލާ އެޕް ޑައުންލޯޑް ކުރެއްވުމަށް https://oala.app/download/ ޒިޔާރާތްކުރައްވާށެވެ.

އެމް-ފައިސާއަށް ރަޖިސްޓްރީވުމަށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ: http://ore.do/mf