މީޑިއާނެޓުގެ އެމްއެސް ވީޑިއޯ ކްލަބްގެ ފަރާތުން މިއަހަރުގެ ނިމުން ފާހަގަކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ސްކްރީން ޓައިމް ޓު ޑްރީމް ޓައިމް" ނުވަތަ ޓީވީ ސްކްރީންތަކުން ހިޔާލީ ދުނިޔެއަކަށް، މި ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 16 ނޮވެމްބަރުން ފެށިގެން 26 ޑިސެމްބަރާއި ހަމައަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ވީޑިއޯކްލަބަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތެއްގެ އިނާމަކަށް އިންޑޮނޭޝިޔާގެ ބާލީއަށް ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަ ދުވަހުގެ މި ދަތުރުގައި ދެ މީހަކަށް ފްލައިޓް ޓިކެޓާއި ހުރުމާއި ކެއުން އަދި ބާލީ ޓުއާއެއް ދޭން ވަނީ ހިމަނާފަ އެވެ.

މީޑިއާނެޓުން ބުނި ގޮތުގައި މި ޕްރޮމޯޝަނަށް ޝަރުތު ހަމަވާނީ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ވީޑިއޯ ކްލަބް ޓީވީގެ ސަބްސްކްރިޕްޝަނެއް ގަންނަ ފަރާތްތަކަށް ކަމަށެވެ. ވީޑިއޯ ކްލަބް ހިދުމަތް ޓީވީގެ ޒަރިއްޔާއިން ރާއްޖޭން ބޭރުގައި ބޭނުންކުރާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ތިރީގައި މިވާ ޕެކޭޖުތަކުން ކޮންމެ ޕެކޭޖެއް ގަނެގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެ ނަސީބުވެރި ފަރާތަށްވުމުގެ ފުރުސަތު އޮންނާނެ އެވެ.

  • ބިގް ސްކްރީން ވީޑިއޯ ކްލަބް: ހަމައެކަނި ވީޑިއޯ ކްލަބް ލިބޭ ޕެކޭޖް
  • ވީޑިއޯ ކްލަބް ޓީވީ + އެޑް އޮން: މީޑިއާނެޓު ކަސްޓަމަރުންނަށް ވީޑިއޯކްލަބް ޓީވީއިން ބެލޭ ޕެކޭޖް
  • ވީޑިއޯ ކްލަބް ވޯންޓްއިޓްއޯލް: މީޑިއާނެޓުގެ ވޯންޓްއިޓް އޯލް ކަސްޓަމަރުންނަށް ވީޑިއޯކްލަބް ހިދުމަތް ޓީވީ އަދި ފޯނުން ލިބޭ ޕެކޭޖް
  • އެމް އެސް ލައިޓް ގްލޯބަލް: ރާއްޖެއިން ބޭރުގައި ޓީވީއިން ވީޑިއޯކްލަބް ބެލޭ ހިދުމަތް

ވީޑިއޯކްލަބް އިން އަންނަނީ "މީޑިއާނެޓް އޮރިޖިނަލްސް" ބެނާގެ ދަށުން ގިނަ އަދި އާ ދިވެހި ފިލްމާއި ސީރީޒް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

އޭގެ ތެރޭގައި ދާދި ފަހުން ރިލީޒްކުރި ދިވެހި ސީރީޒް "ގަރީނާ"، ދިވެހި ފިލްމު "ބީވީމާ" އަދި ދިވެހި ފިލްމު "ހިނދުކޮޅެއް" ފާހަގަކޮށްލެވެ އެވެ. "ގަރީނާ" އަދި "ގާލްފްރެންޑް" ސީރީޒްގެ މުޅިން އާ ސީޒަންތައް ވަރަށް އަވަހަށް ރިލީޒްކުރުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ކުރީގެ ދިވެހި ފިލްމާއި ސީރީޒް، ހިންދީ، އިނގިރޭސި އަދި ޓާކިޝް ފިލްމާއި ސީރީޒް ވެސް ވީޑިއޯ ކްލަބް ލައިބްރަރީގައި ހިމެނެ އެވެ.

ވީޑިއޯކްލަބް ޕެކޭޖަށް ސަބްސްކްރައިބް ކުރުމަށް މީޑިއާނެޓުގެ އޮންލައިން ކުއިކްޕޭ ޕޯޓަލް: https://my.medianet.mv/ އަށް ޒިޔާރަތްކޮށް ފައިސާ ދެއްކޭނެ އެވެ.