ގްލޯބް ޓެބް އިންވެސްޓްމެންޓްއިން އިންތިޒާމުކޮށްގެން ބާއްވާ މާކެޓާސް ސަމިޓުގު 34 ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު އެމްއޯޔޫ ތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް އިއްޔެ ބާއްވައިފި އެވެ.

މި ރަސްމިއްޔާތުގައި މާކެޓާސް ސަމިޓުގެ ޓައިޓަލް ސްޕޮންސާއެއްގެ ގޮތުގައި އެސްޓީއޯއިން ވަނީ ސޮއިކޮށްފަ އެވެ. މިއަހަރުގެ ސަމިޓު އިތުރަށް ފުރިހަމަކަމާއެކު ބޭއްވުމަށް ސްޓްރެޓެޖީކް ޕާރޓްނަރުގެ ގޮތުގައި ޗޮޕްއާޓްއާއެކު ވަނީ ސޮއިކޮށްފަ އެވެ.

ޗޮޕްއާޓްއަކީ މާކެޓިން އެންޑް އިވެންޓް މެނޭޖްމަންޓްގެ ދާއިރާގައި އެންމެ އުހުގައި ފާހަގަކުރެވޭ އިވެންޓް އޯގަނައިޒާއެކެވެ. އަދި ހަމަ އެހެންމެ ކުރީ އަހަރެކޭ އެއްފަދައިން އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާ އެކު ސޮއިކޮށްފަ އެވެ.

މި ސަމިޓުގައި އެސްޓީއޯ، ޗޮޕްއާޓް އަދި އިތުރުން ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ:

  • ރެޑް ކްރިއެޓިކް
  • ނޯޝަން ގުރޫޕް
  • އައިއެންޑްސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  • މޭރީ މޯލްޑިވްސް
  • ސާކަލް ކެޕިޓަލް

މި ސަމިޓުގައި ސްޕްންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތައް:

  • ބިގް ޕްލޭޓް މޯލްޑިވްސް
  • މަންހަޓަން ބިޒްނަސް ހޮޓެލް
  • މިލާންސް
  • ރާއްޖެ 24
  • އުނިމާ ގްރޭންޑް
  • ޓެލެންޓް.އެމްވީ
  • ހޮޓެލިއާ މޯލްޑިވްސް
  • ރޯޔަލް ބްލޫ ފިޝިން
  • ރާމެން ހައުސް
  • މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ
  • އިންޑިއަން ކަލްޗާ ސެންޓާ
  • އެމްއެންޔޫއެސްޔޫ ބޮޑުބެރު
  • އައިކެއާ
  • ދިރާގު
  • އަދާރަން ޕްރެސްޓީޖް ވާދޫ
  • މޫކައި ހޮޓެލްސް
  • މުނި ހޯމްކެއާ
  • ޔުނިވާސަލް ޓްރެވެލް ސާވިސެސް
  • ލެޓްސް ކޮފީ މޯލްޑިވްސް
  • ބްރޭންޑްލޫމް
  • ކަސްޓަމްސް ކޯޕްރޭޓިވް ސޮސައިޓީ
  • ލަ - ސޫކް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރާ އެމްއެމްޕީއާރުސީގެ އިތުރުން އެސްޑީއެފްސީން ވެސް ވަނީ މާކެޓާސް ސަމިޓް އެންޑޯސްކޮށްފަ އެވެ.

މި ސަމިޓަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސަމިޓެކެވެ.

މިސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 އަދި 24ވަނަ ދުވަހު އެމްއެންޔޫ ސެންޓްރަލް އޮޑިޓޯރިއަމްގަ އެވެ. މަސްނުއީ ތޫނުފިލިކަމާއެކު (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ދުނިޔޭގެ އެކިއެކި ދާއިރާތަކުން އަންނަނީ ތަފާތު ކުރިއެރުންތައް ހޯދަމަނުންނެވެ. އެހެންކަމުން މިއަހަރުގެ ސަމިޓުގެ ޝިޔާރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "މަސްނުއީ ތޫނުފިލިކަމާއެކެ މާކެޓިން ދާއިރާއަށް އަންނަމުންދާ ބަދަލުތައް" މިޝިޔާރު ކަމަށް ސަމިޓްގެ އޯގަނައިޒިން ޓީމުން ވަނީ ހާމަކޮށްފަ އެވެ.