ކެލިފޯނިއާ (15 ސެޕްޓެމްބަރު) - އެޕަލް ކުންފުނިން ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ އާ ފޯނު ކަމަށްވާ އައިފޯނު 13 އާއި އާ އައިޕެޑު މިނީއެއް ދައްކާލައިފި އެވެ.

އިއްޔެ ރޭ ބޭއްވި ހަފުލާގައި އަލަށް ދައްކާލި ފޯނުތަކުގެ ފީޗާ ތައް އެޕަލް އިން ހާމަކޮށްފައި ނުވިނަމަވެސް ޓެކްނޮލޮޖީގެ މާހިރުން ލަފާކުރައްވާ ގޮތުގައި މި ފޯނުތަކަކީ 5 ޖީ ނެޓްވޯކް އިތުރަށް ފުރިހަމަ ކޮށް ލިބިގެންދާނެ ފޯނެއް ކަމަށާއި އެ ފޯނުގެ ކެމެރާ ސިސްޓަމް ވެސް އައިފޯނުގެ އެހެން މޮޑެލްތަކާ އަޅާ ބަލާއިރު ރަނގަޅުވާނެ އެވެ.

އައިފޯނު 13 ގައި ހިމެނޭ ފީޗާ ތަކުގެ ތެރޭގައި އޮޓޯއިން ލިޔުންތައް ތަރުޖަމާކޮށްދޭ ޗިޕް އެއް ހިމެނެ އެވެ. މީގެ އިތުރުން މި ފޯނަކީ ޑިސްޕްލޭ ރަނގަޅު، ބެޓެރީގެ އުމުރު ދިގު އަދި ވީޑިއޯ ކޮލިޓީވެސް ރަނގަޅު ފޯނެކެވެ.

މީގެ އިތުރުން އެޕަލް ކުންފުނިން ބުނެފައިވާ ގޮތުގައި އައިފޯނު 13 ގައި ހިމެނޭ ކަސްޓަމްސް 5 ޖީ އެންޓަނާގެ ސަބަބުން ސްޕީޑް އަވަސްވެ ނެޓްވޯކް ކޮލިޓީވެސް ރަނގަޅު ވާނެ ކަމަށެވެ.

އައިފޯނު 13 އެމެރިކާގަވި މިހާރު ވިއްކަން ފަށާފައިވާ އިރު ފޯނުގެ ފެށޭ އަގަކީ 1299 އެމެރިކާ ޑޮލަރެވެ. މި ފޯނު ގަތުމަށް ޑައުން ޕޭމަންޓަކާ ނުލައި ހުށަހެޅޭނެ ޕްލޭން އެއް އެޕަލް ކުންފުނިން ވަނީ ތައާރަފު ވެފަ އެވެ.

އައިފޯނަކީ އެޕަލް ކުންފުނީގެ އެންމެ އަގުބޮޑު ޕްރަޑެކްޓަށް ވީއިރު އައިޕޮޑާއި އައިވޮޗް ފަދަ ޕްރޮޑަކްޓް ތަކުގެ އާ މޮޑެލްތައް ތައާރަފް ކުރުމަށް އެޕަލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.