ދުބާއީގެ ދަމަކް ޕްރޮޕަޓީސް އިން ކ. ބޮލިދުއްފަރުގައި ތަރައްގީކުރަމުން އަންނަ ރިސޯޓް ހިންގަން، މަޝްހޫރު މެންޑަރިން އޮރިއެންޓަލް ހޮޓެލް ގުރޫޕާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާލެ އަތޮޅުގެ ހުޅަނގު ދެކުނުގައި އޮންނަ 34 ހެކްޓަރުގެ މި ރަށް ތަރައްގީ ކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންގެ ތެރޭގައި ހިމެނޭ ދުބާއީގެ ދަމަކް ގްރޫޕުގެ ބައެއް ކަމަށްވާ ދަމަކް ޕްރޮޕަޓީސްއިންނެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

މާލެއިން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަރުގައި ހިއްކައިގެން ތަރައްގީކުރާ ތިން ރަށް ހުޅުވަން ހަމަޖައްސާފައި ވަނީ 2025 ވަނަ އަހަރު އެވެ.

ހޮންކޮންގް ބޮޑު ހޮޓެލް ޗެއިނުން ހިންގާ އެ ރިސޯޓުގައި 56 އޯވާ ވޯޓާ ވިލާ އާއި 64 ބީޗް ފްރޮންޓް ވިލާ ހިމެނޭއިރު އޭގެ ތެރޭގައި މެންޑަރިން އޮރިއެންޓަލް ބްރޭންޑްގެ 10 ރެސިޑެންސް ވެސް ހިމެނެ އެވެ. 200 އާއި 1000 އަކަމީޓަރާއި ދެމެދުގެ ބޮޑު މިނުގައި ހުންނަ މި ވިލާތައް ވެގެންދާނީ މާކެޓުގައި ހުރި އެންމެ ބޮޑު ވިލާތަކުގެ ތެރޭގައި ހިމެނޭ ވިލާއަކަށެވެ.

މާލެ އަތޮޅު ބޮލިދުއްފަރުގައި ރިސޯޓެއް ހެދުމަށް ހިއްކުމުގެ މަސައްކަތް 2017 ވަނަ އަހަރު ކުރަނީ. އެތަނުގައި ހަދާ ރިސޯޓު ހިންގާނީ މެންޑަރިން އޮރިއެންޓަލްއިން.

އެ ކުންފުނިން ބުނިގޮތުގައި މި ގްރޫޕުން ދަނީ ތަރައްގީގެ ހުރިހާ މަރުހަލާއެއްގައި ވެސް ސަސްޓެއިނަބިލިޓީ ބެސްޓް ޕްރެކްޓިސްއަށް އަމަލުކުރޭތޯ ބެލުމަށް ބައިނަލްއަގުވާމީ ގިނަ ކޮންސަލްޓަންޓުންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މެންޑަރިން އޮރިއެންޓަލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ތިން ސްޕެޝަލިޓީ ރެސްޓޯރެންޓާއި ސަންސެޓް ބާ ހިމެނޭ ގޮތަށް ހަ ޑައިނިން އައުޓްލެޓަކުން ގެސްޓުން ތިބޭ މުއްދަތުގައި ތަފާތު ތަންތަން އިހްތިޔާރު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ކްރިއޭޓިވް އިންޑޯ އަދި އައުޓްޑޯ އިވެންޓް ސްޕޭސްއިން މީޓިންތަކާއި، އިޖްތިމާއީ އެއްވުންތަކާއި، ކައިވެނި ހަފްލާތަކަށް ވަކިން ޚާއްސަ ތަންތަން ވެސް ހުންނާނެ އެވެ.

އެ ކުންފުނިން ބުނީ މި ރިސޯޓުގެ ޓްރޮޕިކަލް ގާޑަންތަކުގައި 12 ޓްރީޓްމަންޓް ސުއިޓް، ވައިޓަލިޓީ ޕޫލް، ސައުނާ އަދި ސްޓީމް ރޫމްގެ އިތުރުން ބިއުޓީ ސެލޫނެއް ވެސް ހުންނާނެ ކަމަށެވެ. މެންޑަރިން އޮރިއެންޓަލްގެ ވެލްނެސް ޕްރެކްޓިޝަނަރުންގެ އެކްސްޕާޓް ޓީމުން ފަރުމާކޮށްފައިވާ ތަޖުރިބާތަކާއި އެ ގްރޫޕްގެ ސިގްނޭޗާ ޓްރީޓްމަންޓްތައް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރު ލެޝާ އެކްޓިވިޓީސްތަކުގެ ތެރޭގައި ވޯޓަ ސްޕޯޓްސް، ޑައިވް ސެންޓަރަކާއި، ޓެނިސް ކޯޓާއި، ކިޑްސް އެންޑް ޓީންސް ކްލަބަކާއި، ސްވިމިން ޕޫލަކާއި، ގިނަ ޕްރައިވެޓް ކޯވްތަކާއި ބީޗްތައް އެކްސްޕްލޯ ކުރެވޭނެ ކަމަށް ވެސް މެންޑަރިން އޮރިއެންޓަލް އިން ބުންޏެވެ.

"މެންޑަރިން އޮރިއެންޓަލް އިން ރާއްޖޭގައި ރިސޯޓެއް ހަދަން ގަސްދުކޮށްގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ. މި ޕްރޮޖެކްޓަކީ އެ ގްރޫޕަށް އޮތް ރަނގަޅު ފުރުސަތު ރަމްޒުކޮށްދޭ މަޝްރޫއު،" މެންޑަރިން އޮރިއެންޓަލް ހޮޓެލް ގްރޫޕްގެ ޗީފް އެގްޒެކެޓިވް ޖޭމްސް ރިލޭ ވިދާޅުވި އެވެ.

އެ ކުންފުނިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި 33 ޕްރޮޕަޓީ ހިންގަ އެވެ.

"ދަމެކް ބްރޭންޑަކީ ލަގްޒަރީ ޕްރޮޑަކްޓްތަކާއި ހިދުމަތުގެ އިތުރުން ލަގްޒަރީ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ވެސް އެކުލެވޭ ބްރޭންޑެއް. އެހެންވެ އަޅުގަނޑުމެންނަށް އިހްސާސް ކުރެވުނީ ރާއްޖެއަކީ އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް ފިޓްވާ ބްރޭންޑެއް ކަމަށް. ޑީއޭއެމްއޭސީގެ ފައިތިލަ މެދުއިރުމަތީގެ ބޭރުން، އިނގިރޭސިވިލާތުން ކެނެޑާއަށް އިތުރުކޮށް، ރާއްޖެއަށް ވެސް އާދެވުނީތީ އަޅުގަނޑުމެން ވަރަށް އުފާވޭ. މެންޑަރިން އޮރިއެންޓަލް ހޮޓެލް ގްރޫޕާގުޅިގެން މި ރީތި ރަށުގައި އަޅުގަނޑުމެންގެ އާ ރިސޯޓް މެނޭޖްކުރުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރަން،" ދަމަކް ގްރޫޕްގެ ޗެއާމަން ހުސައިން ސަޖްވާނީ ވިދާޅުވި އެވެ.