ސީ ޕްލޭންގެ ދަތުރުތައް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 826 މޫވްމަންޓާއެކު އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް އަނެއްކާ ވެސް ހަދައިފި އެވެ.

މިއީ މިއަހަރުގެ ތެރޭގައި އެ އެއާޕޯޓުން ރެކޯޑް ހެދި ދެވަނަ ފަހަރެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ އެކަނި 839 މޫވްމަންޓް ހަދާފައިވެ އެވެ. އާ ރެކޯޑެއް ހެދިއިރު 210 ރަންވޭ މޫވްމަންޓާއި 629 ސީޕްލޭން މޫވްމަންޓް ވެސް ހިމެނޭ ކަމަށެވެ.

މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑް ހަދާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެއީ 826 މޫވްމަންޓްސް އެވެ.

އެއާޕޯޓުގެ ފްލައިޓް މޫވްމަންޓްތަކުގެ އާ ރެކޯޑެއް ހެދިއިރު މިއަހަރުގެ މިހާތަނަށް 210،00 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ އަހަރު ޖުމްލަ 1,321,932 ޓޫރިސްޓުން އައިސްފައިވެ އެވެ.