ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ގަތުން ފަސޭހަކޮށްދޭ ހާއްސަ އޮފާއާއެކު އުރީދޫން ޕްރީ އޯޑަރުކުރަން ހުޅުވާލައިފި އެވެ.

ފައިވް ޖީގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ގެލެކްސީ އެސް 22 އަލްޓްރާ ފަަރުމާކޮށްފައި ވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާއެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ. އަދި ރީތި ކުލަތަކާއި، ކެމެރާާ ލެންސް ރިންގާއި، ޒީނަތްތެރި ފްރޭމް އަދި ސްލިމް ޑިޒައިން އިން ފޯނަަށް ގެލެކްސީ އެސް 22 އަަލްޓްރާާއަށް އިތުރު ފުރިހަމަަ ކަަމެއް ގެނުވާފައިވެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ ޕްރީއޯޑަ ކޮށްގެން ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ، ހަ މަސް ދުވަހަށް ލިބޭނެ ކަމަށެވެ.

މި ޑޭޓާ ލިބޭނީ ފޯނަށް އެންމެ ފުރަަތަމަަ ލެއްވޭ އުރީދޫ ސިމަށެވެ. ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑަރު ކަސްޓަމަަރުންނަށް ގެލެކްްސީ ބަޑެއް ލިބޭނެ އެވެ.

އުރީދޫން ވަނީ ސެމްސަންގް އެސް 22 އަލްޓްރާގެ ޕްރީ އޯޑަރަށް މޫލީގައި ހުޅުވާލާފައި.

އެ ކުންފުނިން ބުނީ ޕްރީ އޯޑަރަށް މިއަދު ހުޅުވާލި ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ އުރީދޫގެ އީ ކޮމާސް ޕްލެޓް ފޯމް މޫލީ މެދުވެރިކޮށް މިމަހުގެ 18 ހަމަޔަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ. އަަަަދި ޕްރީއޯޑާ ކުރަައްވާ ފަަރާާތްތަަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ގެންގޮސްދޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

ތިރީގައިވާ ލިންކުން މޫލީ މެދުވެރިކޮށް ޕްރީ އޯޑަކުރެވޭނެ އެވެ.