މުޅި ކުއިޒުގެ ހުރިހާ ޖަވާބެއް ދިމާކޮށްގެން އައިފޯނެއް ލިބޭ، ކުއިޒެއް މިއަދު ފަށައިފި އެވެ.

ރޯދަ މަސް ނިމެންދެން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އޮންނަ މިކުއިޒުގައި އުރީދޫގެ ސޯޝަލް މީޑިއާގައި ސުވާލެއް ޕޯސްޓު ކުރާނެ އެވެ. އުރީދޫން ބުނިގޮތުގައި އެ ސުވާލަށް ޖަވާބު ދޭން ޖެހޭނީ ސުވާލާ އެކު ޕޯސްޓްކުރާ ޓޭބަލުގައި ބޮޅު އަޅައިގެންނެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ކުއިޒަކީ ޕީސް ފައުންޑޭޝަނާ ގުޅިގެން އުރީދޫން ކުރިއަށްގެންދާ ކުއިޒެކެވެ.

އެ ކުއިޒުގައި ހަތަރު ސުވާލު ކުރާނެ އެވެ. އެ ސުވާލުތަކަށް ރަނގަޅު ޖަވާބު ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް ލައިވްއެއް ލިބޭނެ އެވެ. އަދި މުޅި ކުއިޒުގެ ހުރިހާ ޖަވާބެއް ދިމާކުރާ މީހުންގެ ތެރެއިން ހޮވޭ މީހަކަށް އައިފޯން 13 ޕްރޯއެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ކުއިޒުގައި ބައިވެރިވާން ޖަވާބު ހުށަހަޅަން ޖެހޭނީ ޖަވާބުގައި ބޮޅު އަޅައި #OoredooRoadhaQuiz ޖެހުމަށް ފަހު އުރީދޫގެ ޓްވިޓާ އަދި ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކޮށްގެންނެވެ. އިންސްޓަގްރާމުގައި ބައިވެރިވާން އެކައުންޓް ޕްރައިވެޓްކޮށް ވަކި ޕޯސްޓެއްގެ ގޮތުގައި ޖަވާބު ހުށަހަޅަންވާނެ ކަމަށް އުރީދޫން ބުންޏެވެ. އަދި މިގޮތަށް ހުށަހަޅާ އިރު އުރީދޫ ޓެގް ކުރަން ޖެހެ އެވެ.

މި ހަފުތާގެ ސުވާލު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. ޖަވާބު ދިނުމުގެ ފުރުސަތު މާދަމާ ރޭ 11:30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.