ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފު އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށީ މިއަދު އެވެ.

ގަލްފް އެއާގެ ދަތުރުތައް ހަފްތާއަކު ދެ ދުވަހު ރާއްޖެއަށް ބާއްވާނެ އެވެ.

އެ އެއާލައިނުން ބުނީ ރާއްޖެއަކީ އެ އެއާލައިނަށް މުހިންމު މަންޒިލެއް ކަމަށެވެ. އަދި އެ އެއާލައިނުން އުދުހުންތައް ބާއްވާ އިންޑިއާ ކަނޑުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒިލަކީ ވެސް ރާއްޖެ ކަމަށް ގަލްފް އެއާއިން ބުންޏެވެ.

ގަލްފް އެއާއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 27 ގަ އެވެ. އޭރު އެ އެއާލައިނުން ދިޔައީ ހަފްތާއަކު ފަސް ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ނަމަވެސް ދަތުރުތައް ރާއްޖެއަށް ހުއްޓާލީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުންނެވެ.

ގަލްފް އެއާއިން މިހާރު ވެސް އަންނަނީ މެދު އިރުމަތީގެ ގިނަ ގައުމުތަކަކަށް ދަތުރުތައް ބާއްވަމުންގެންދެ އެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށް ވެސް މިހާރު ދަތުރުތައް ފަށާފައިވާއިރު، އިންޑިއާ އަދި ޕާކިސްތާންގެ ބައެއް ސިޓީތަކަށް ގަލްފު އެއާގެ ދަތުރުތައް ވަނީ އަލުން ފަށާފަ އެވެ.