އާ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއަށް 1,916 ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އައީ ޖުމްލަ 555,213 ޓޫރިސްޓުންނެވެ. މިއީ 2019 އަހަރާ އަޅާބަލާއިރު 67.4 ޕަސެންޓް ދަށް އަދަދެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު މާޗް 27 ވަނަ ދުވަހު ބަންދުކުރުމާ ހަމަޔަށް އައިސްފައި ވަނީ 382,760 ޓޫރިސްޓުންނެވެ. އަދި ބޯޑަރު ބަންދުކުރި ފަހުން ވެސް 87 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލުމުން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އައީ 172,366 ޓޫރިސްޓުންނެވެ. އެއީ ދުވާލަކު އެވްރެޖްކޮށް 1,014 ޓޫރިސްޓުންނެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއައި ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ރާއްޖެ އައި އަދަދަށް ވުރެ 94.5 ޕަސެންޓް ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 142 ރިސޯޓެއްގެ 32,792 އެނދު ވަނީ އޮޕަރޭޓްކުރަން ފަށައިފަ އެވެ. އަދި 257 ގެސްޓްހައުސްއެއްގެ 5,028 އެނދު ވެސް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ އިތުރުން 133 ސަފާރީއެއްގެ 2,576 އެނދު ވެސް އޮޕަރޭޓްކުރެ އެވެ.