ދުނިޔޭގެ މަޝްހޫރު ހިލްޓަންއިން ރާއްޖޭގައި ހިންގާ އަގުބޮޑު ވޯލްޑޮފް އެސްޓޯރިއާއިން ރެއަކަށް 80،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަށް ވިއްކާ ޕްރައިވެޓް އައިލެންޑެއް ހުޅުވައިފި އެވެ.

ވޯލްޑޮފް އެސްޓޯރިއާ އިން މާލެ އަތޮޅުގައި ހެދި އަގުބޮޑު ޕްރައިވެޓް އައިލެންޑް. ފޮޓޯ. ސީއެންއެން

މިއީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ޕްރައިވެޓް އައިލެންޑެވެ.

އިތާފުށި ކައިރީގައި ހިއްކައިގެން ތަރައްގީކޮށްފައިވާ އެ ރަށުގައި އެއްފަހަރާ 24 ގެސްޓުންނަށް ތިބެވޭނެ ތިން ބިލްޑިންގެއް ހަދާފައިވެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ އޯވާ ވޯޓާ ވިލާގައި ޝެއާޑް ލިވިން ރޫމަކާއި އިންފިނިޓީ ސުވިމިން ޕޫލާއި ޖަކޫޒީ ހުރެ އެވެ. މީގެ އިތުރުން ތިން ކޮޓަރީގެ ބީޗް ވިލާގައި ދެ ސުވިމިން ޕޫލް ހުރެ އެވެ. އަދި ހަތަރު ކޮތަރީގެ ރެސިޑެންސްގައި ދެ ކިންގް ބެޑް ރޫމާއި ދެ ކުއީ ބެޑް ރޫމް ހުރެ އެވެ. އަދި ޖަކޫޒީގެ އިތުރުން ބޮޑު ލިވިން އޭރިއާއެއް ވެސް އޮވެ އެވެ.

ވޯލްޑޮފް އެސްޓޯރިއާ އިން މާލެ އަތޮޅުގައި ހެދި އަގުބޮޑު ޕްރައިވެޓް އައިލެންޑް. ފޮޓޯ. ސީއެންއެން

އެއިން ކޮންމެ ވިލާއަކުން ވެސް ސީދާ ގޮނޑުދޮށަށް ފޭބޭނެ އެވެ.

އެންމެ ޒަމާނީ އާކިޓެކްޗާ އަދި އިންޓީރިއާ ޑިޒައިން އެކުލެވޭ އެ ޕްރައިވެޓް އައިލެންޑް ސިފަކޮށްފައި ވަނީ "ޒަމާނީ ސިފަ އަލުން ގެނެސްދޭ" ތަނެއް ގޮތުގަ އެވެ.

ވޯލްޑޮފް އެސްޓޯރިއާ އިން މާލެ އަތޮޅުގައި ހެދި އަގުބޮޑު ޕްރައިވެޓް އައިލެންޑް. ފޮޓޯ. ސީއެންއެން

އިތާފުށީގެ ބޮޑު ޕްރައިވެޓް އައިލެންޑަކީ 32,000 އަކަމީޓަރުގެ ރަށެކެވެ. މި ހިތްގައިމު ރަށް ތަރައްގީކޮށްފައި ވަނީ ޗުއްޓީ ހޭދަ ކުރަން އެ ރަށަށް ދާ މުއްސަނދި ޓޫރިސްޓުންނަށް "ފުލް ޕްރައިވެސީ" އެއް ލިބޭ ގޮތަށެވެ. މާލެ އިން ފުރައިގެން 40 މިނެޓުން ދެވޭ ރާސްތާގައި އޮންނަ އިތާފުށި ފަޅުތެރޭގައި ހަދާފައިވާ މި ޕްރައިވެޓް އައިލެންޑްގައި ވަރަށް ގިނަ ހިދުމަތްތައް ލިބެން ހުރެ އެވެ. މިގޮތުން ގެސްޓުންގެ ހިދުމަތުގައި ހަ ޔޮޓް އޮވެ އެވެ. މީގެ އިތުރުން ސީޕްލޭނުން 15 މިނެޓްގެ ދަތުރަކާއި ކެއުން ވެސް ޕެކޭޖްގެ ތެރޭގައި ހިމެނެ އެވެ.