ރާއްޖޭގެ ސިމްޑީ ގުރޫޕާއި ޔޫއޭއީގެ އެރާބިކްސް ކުންފުނިން އުފެއްދި ބިއޯންޑްގެ ދަތުރުތައް ފަށައި ފުރަތަމަ ފްލައިޓް ރާއްޖެ ގެނެސްފި އެވެ.

ބިއޯންޑްގެ ފްރަތަމަ ފްލައިޓްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވޯޓަ ސެލިއުޓް ދީފަ އެވެ.

މިކަން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިމްޑީގެ އިސްވެރިންނާއި އެމްއެސީއެލްގެ އިސްވެރިންވެސް ބައިވެރިވެޑައިގަތެވެ.

މިއީ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ފްލައިޓެވެ. މި ފްލައިޓަކީ 44 ސީޓުގެ ބިޒްނަސް ކްލާސް ސީޓު ހިމެނޭ ފްލައިޓެކެވެ. މިއީ އެއާބަސް އޭ 319 މަރުކާގެ ފްލައިޓެކެވެ.

ބިއޯންޑްގެ ދަތުރުތައް ފުރަތަމަ ފަށާނީ ސުވިޓްޒަލޭންޑުގެ ޒޫރިކް އާއި ޖަރުމަނުގެ މިޔުނިކް އާއި ސައުދީގެ ރިޔާދުންނެވެ. ދެ ވަނަ ފްލައިޓު ފެށުމަށް ހަމަޖެހިފައި ވަނީ އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީއަށެވެ. އެއަށް ފަހު ބެއިޖިން އަދި ޝެންހާއިގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ބިއޯންޑްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި

ޓިކެޓްގެ އާންމު އަގު ފެށެނީ 2000 ޑޮލަރުންނެވެ. ޔޫރަޕުގެ ގައުމުތަކުން އަގުތައް ފެށެނީ 3800 ޔޫރޯ އަށެވެ.

ބިއޯންޑްގެ ދަތުރުތައް ފެށިއިރު ޓެސްޓް ފްލައިޓް ރާއްޖެއަށް ޖައްސާފައި ވަނީ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު އެވެ.

ސިމްޑީ އިން ބުނީ ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ފްރާންސްގެ ޕެރިސް، އޮސްޓްރިއާގެ ވިއެނާ، އިޓަލީގެ މިލާން، ޔޫއޭއީގެ ދުބާއީ، ހޮންގް ކޮންގް، ޓައިވާންގެ ޓައިޕޭ އަދި ސިންގަޕޫރު ހިމެނެ އެވެ.