ނ. ލަންދޫ ޕްރީ ސްކޫލް ބެލެނިވެރިންނަށް އުރީދޫ އިން ޑިޖިޓަލް ފިނޭންސް އަދި އެމް- ފައިސާ ގެ ޓްރޭނިން ސެޝަން އެއް ބާއްވައިފި އެވެ.

މި ސެޝަން ބާއްވާފައިވަނީ ޑިޖިޓަލް ދިވެހި ރާއްޖެ އެއް ބިނާ ކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޑިޖިޓަލް ފައިނޭންސް ގެ ހިދުމަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުންނެވެ. އެގޮތުން ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ފަހި ވެގެންދާ ފުރުސަތުތަކާ، ފަސޭހަ އާއި އެމް ފައިސާ ބޭނުންކުރާނެ ގޮތް ކިޔާދީފައިވެ އެވެ.

‎ލަންދޫ ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވެ އެވެ. އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ އެވެ.

‎މި ހިދުމަތާ އެކު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ލަންދޫ ގެ ރައްޔިތުންނަށް ފައިސާގެ މުއާމަަލާތް ކުރުމުގައި އިތުރު ލުޔެއްލިބި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމަޢެއް ގާއިމުކުރުމަށް ބިނާކުރެވިގެންދާނެ އެވެ.

އެމް-ފައިސާ ގެ ހިދުމަތަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް މެދުވެރިކޮށް ބޭނުން ކުރެވޭ ހިދުމަތެކެވެ. އެމް-ފައިސާ ގެ ހިދުމަތައް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއކު ރެޖިސްޓަރ ކުރެވޭނެއެވެ. ރެޖިސްޓަރ ކުރުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ.