އުރީދޫ 2024ގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީޑްރޯ ގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން މިއަދު އިއުލާނުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ދެ ކަސްޓަމަރުން ކަމަށްވާ އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހުމަދަށް މަރުހަބާ ކިޔާފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެކެވެ.

އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިން ކަމަށް އުރީދޫން ބުނެ އެވެ. އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.