ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ބަންދުކުރި ރިސޯޓުތަކުގެ ތެރެއިން މިހާރު ނުހުޅުވާ އޮތީ ދިހަ ރިސޯޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑާ ގުޅިގެން މާޗް މަހުގެ ތެރޭގައި ބޯޑަރު ބަންދުކުރުމުން ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް ހެން ވެސް ބަންދުކުރި އެވެ. ނަމަވެސް ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާލުމުން ރިސޯޓުތައް އަލުން ހުޅުވަން ފެށި އެވެ. އަދި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ރިސޯޓުތައް އޮޕަރޭޓްކުރަން ފެށި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ 159 ރިސޯޓުގެ ތެރެއިން މިހާރު 149 ރިސޯޓެއް އޮޕަރޭޓްކުރެ އެވެ. އެއީ 34،344 އެނދެވެ.

މިވަގުތު ބަންދުކޮށްފައި އޮތް 10 ރިސޯޓަކީ

  1. ރ. އަތޮޅުގައި ޔުނިވާސަލް އެންޓަޕްރައިސަސް އިން ހިންގި ފާރުފުށި ރިސޯޓު
  2. ޅ. އަތޮޅުގައި އޮންނަ ޕާމް ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
  3. މާލެ އަތޮޅުގައި އޮންނަ ރިހިވެލި އައިލެންޑް ރިސޯޓް އެންޑް ސްޕާ
  4. އއ. އަތޮޅުގައި އޮންނަ މާޔަފުށި ޓޫރިސްޓް ރިސޯޓް
  5. އަލިމަތަ އެކުއެޓިކް ރިސޯޓް
  6. އައްޑޫ ހެރެތެރޭގައި ހިންގި ކެނަރީފް ރިސޯޓް މޯލްޑިވްސް
  7. ސ. ވިލިނގިލީގައި ހިންގި ޝަންގްރިލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
  8. އދ. އަތޮޅުގައި އޮންނަ ވަކަރުފަޅި އައިލެންޑް ރިސޯޓު
  9. އއ. އަތޮޅު މުށިމަސްމިގިލީގައި ހިންގި ސަފާރީ އައިލެންޑް (މެރީނާ)
  10. ދ. ދޫރެސްގައި ހިންގި އާވީ ނޭޗާސް ޕެރެޑައިސް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 243,979 ޓޫރިސްޓުން އައިސްފައިވެ އެވެ.