މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިސް މަގާމަކަށް އިނގިރޭސިވިލާތުގެ ރައްޔިތަކު އައްޔަން ކޮށްފި އެވެ.

ގިނަ އަދަދެއްގެ ބިދޭސީން އެމްއޭސީއެލްގެ އިސް މަގާމުތަކަށް ބިދޭސީން އައްޔަންކުރަމުން ދާތީ އާންމުން ވަނީ މީގެ ކުރިން ކަންބޮނޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮނޑުވުންތަކަށް އިޖާބަ ނުދީ އެމްއޭސީއެލްގެ އިންފްރާސްޓްރަކްޗާ މެނޭޖަރަކަށް މިފަހަރު އައްޔަންކުރީ ޑެރިލް ބޯލްޓަން އެވެ.

ޑެރިލް ބޯލްޓަން ވަނީ މީގެ ކުރިން ގަތަރުގެ ހަމަދު އިންޓަނޭޝަލަން އެއާޕޯޓުގައި ވަޒީފާ އަދާކޮށްފަ އެވެ.

އެއާޕޯޓް މެއިންޓަނަންސް ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައި މަސައްކަތް ކުރައްވާނެ ބޯލްޓަންގެ ޒިންމާއަކީ އެއާޕޯޓުގެ އިމާރާތްތައް ބެލެހެއްޓުމާއި ވޭސްޓްމެނޭޖްމެންޓަށް ސާފުކުރުމާއި އެހެނިހެން މަސައްކަތްތައް ވިލަރެސް ކުރެއްވުމެވެ.

ބިދޭސީން އެމްއޭސީއެލްގެ އިސް މަގާމުތަކަށް އައްޔަންކުރަމުން ދާއިރު އެ ކުންފުނީގެ ދުވަސްވީ ތަޖުރިބާކާރު މުވައްޒަފުން ދަނީ ވަޒީފާއިން ވަކިވަމުންނެވެ.