މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 173 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ގަތަރުގެ ކިއުޓެލްގެ ބޮޑު ހިއްސާއެއް އޮންނަ އުރީދޫ އިން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ދެ ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 536 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މާލީ ގޮތުން ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
އޫރީދޫ އިން ބުނީ އިންޓަރެސްޓާއި ޓެކްސް އަދި ބަލަށް ކެނޑުމުގެ ކުރިން ޖުމްލަ އާމްދަނީގެ ގޮތުގައި 299 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ސާފު ފައިދާ ގޮތުގައި 173 މިލިއަން ރުފިޔާ ލިބުނުއިރު އެއީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 2.1 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އުރީދޫއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 353 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތަށް ވުރެ 4.6 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 338 މިލިއަން ރުފިޔާ އެވެ.

