ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މޭ މަހާއި އަޅާ ބަލާއިރު މި އަހަރުގެ މޭ މަހު ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މޭ މަހު ރާއްޖެ އައިސްފައިވާ ޓޫރިސްޓުންގެ އަދަދަކީ 42،249 އެވެ. އެއީ މިދިޔަ އަހަރާއި ބަލާއިރު 30.6 ޕަސަންޓުގެ ދަށްވުމެކެވެ.

އެހެނިހެން ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދުވާލަކު 2،485 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެވެރެޖް ގޮތެއްގައި ރާއްޖޭގައި ހޭދަ ކޮށްފައި ވަނީ ނުވަ ދުވަހެވެ.

މިއަހަރުގެ މޭ މަހު ޓޫރިސްޓުން އައިލެއް މަދުކަމަށް ވިޔަސް ޖުމްލަ ގޮތެއްގައ ރާއްޖޭގެ ޓޫރިޒަމް ދަށްވެފައިވައި ނެވެ އެވެ. 2020 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 382،775 އެވެ، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދަކީ 432.019 އެވެ. މިއީ 12.9 ޕަސަންޓުގެ ކުރި އެރުމެކެވެ.

ދެކުނު އޭޝިއާގެ ޓޫރިސްޓުން ރާއްޖެ ދަތުރުކުރުން މި މަސް ތެރޭގައި މަނާކުރުމުން ދެން އަންނަ ކުއާޓާގައި ވެސް ޓޫރިޒަމް އެހާ ރަނގަޅުވާނެ ކަމަށް ނުބެލެ އެވެ.