ރިސޯޓު ހަދަން އަލަށް ބީލަމަށް ހުޅުވާލި ބިންބިމާއި ރަށްތަކަށް ލިބޭ ތަރުހީބުކުޑަވާތީ އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ ނެރުނު ބަޔާނެއްގައި ވަނީ އެ ރަށްތަކުގެ އަގު ކުޑަކޮށްފައި ވަނީ މިވަގުތު ދުނިޔޭގެ އިންވެސްޓުކުުރުމުގެ މާހައުލަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ރިސޯޓު ތަރައްގީކުރަން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބަދަލުގެނެސްފަ އެވެ.

މިގެނައި ބަދަލާ އެކު ފަތުރުވެރިކަމަށް ހުޅުވާލި 16 ރަށުގެ އިކުއިޒިޝަން ކޮސްޓަށް އައިސްފައިވާ ބަދަލު؛

  1. ހއ. ވެލިފިނޮޅު – 420،000 ޑޮލަރު
  2. ހއ. އަލިދުއްފަރު ފިނޮޅު - 350،000 ޑޮލަރު
  3. ހދ. ކުޑަފަރު ފަސްގަނޑު – 210،000 ޑޮލަރު
  4. މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު – 875،000 ޑޮލަރު
  5. މ. މާއުސްފުށި – 1.575،000 ޑޮލަރު
  6. ތ. ކާއްޑޫ – 70،000 ޑޮލަރު
  7. ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު) 1.050،000 ޑޮލަރު
  8. ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު) – 700،000 ޑޮލަރު
  9. ލ. ކަށިދޫ – 700،000 ޑޮލަރު
  10. ލ. ބޮޑުމުންޏަފުށި – 700،000 ޑޮލަރު
  11. ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) – 525،000 ޑޮލަރު
  12. ގއ. މާރެހާ – 1،400،000 ޑޮލަރު
  13. ގއ. ފުނަދޫވިލިގިއްލާ – 700،000 ޑޮލަރު
  14. ގދ. ކަނޑަހަލަގަލާ – 875،000 ޑޮލަރު
  15. ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ – 700،000 ޑޮލަރު
  16. ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަ ވިލިގެއްލާ އާއެކު) /ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު 700،000 ޑޮލަރު

މި ރަށްތަކަށް ބީލަން ހުށަހަޅަން މި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީއިން ހުޅުވާލާފައިވާއިރު ބީލަން ހުށަހަޅަ އެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ

ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ މި އަހަރު ވެގެންދާނީ ޓޫރިޒަމް އިންވެސްޓްމެންޓްތަކުގެ އަހަރަކަށް ކަމަށެވެ.