މި މަހުގެ މިހާތަނަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހަކީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން އިއްޔެ ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 2،415 ގަ އެވެ. މި އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ބަލާނަމަ މި މަހު އެއްރެޖް ގޮތެއްގައި ރާއްޖެ އަށް އައިސްފައިވަނީ 1،500 އާއި 2،000 އާ ދެމެދުގެ އަދަދެއްގެ ޓޫރިސްޓުންނެވެ. އިއްޔެގެ ނިޔަލަށް މި އަހަރު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު އުޅެނީ 475،745 ގަ އެވެ.

މިމަހު ރާއްޖެ އަންނަ ޓޫރިސްޓުން އެވްރެޖުގޮތެއްގައި ނުވަ ދުވަސް މަޑުކުރެ އެވެ. ޓޫރިސްޓް އެރައިވަލްސް ދަށްވި ނަމަވެސް ނުވަ ދުވަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ރާއްޖޭގައި މަޑުކުރުމަކީ މިހާރު އޮތް ހާތަލަށް ބަލާއިރު ލިބޭ ކުރިއެރުމެކެވެ. އޭގެ ސަބަބުން ޓޫރިސްޓް ބެޑްނައިޓްސް އިތުރުވެ އާމްދަނީ އުފުލޭނެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. އަދި އޭގެ ކުރީ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެސަރުކާރުން ވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަޑިއެއް ކަނޑައަޅާފަ އެވެ.