މިމަހުގެ މިހާތަނަށް ރާއްޖެއަށް 40،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާތު ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 40،541 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އެއާއެކު މިހާތަނަށް މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 4،94،924 އަށް ވަނީ އަރާފަ އެވެ. އެއީ މިދިޔަ އަހަރު މި މުއްދަތާ އަޅާ ބަލާއިރު 40.5 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހު ރާއްޖޭގައި ކޮވިޑް ބަލިމަޑުކަން އިތުރުވެފައިވާތީ ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ރާއްޖެއަށް އެވްރެޖްކޮށް އަންނަނީ ދުވާލަކު 1،843 ޓޫރިސްޓުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުންގެ އައީ އިންޑިއާއިންނެވެ. ތިންވަނައަށް އެންމެ ގިނައިން އައީ ޖަރުމަނުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އެވްރެޖްކޮށް ނުވަ ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.