ސްޕެއިންގެ ގައުމީ އެއާލައިން، އައިބީރިއާ އެއާލައިން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.

އައިބީރިއާ އެއާލައިނުން މިއަދު ރާއްޖެއަށް ދަތުރުތައް ފެށުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެގޮތުން އެއާލައިންގެ ދަތުރުތައް ފެށުމުގެ ގޮތުން ވީއައިއޭގައި ސަގާފީ ހަރަކާތް ތަކެއް މިއަދު ވަނީ ބާއްވާފަ އެވެ. ރާއްޖެއަށް މިއަދު ފުރަތަމަ ޖެއްސި މި އެއާލައިނުން ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އައިސްފައިވެ އެވެ. ކޮވިޑުގެ ކުރިން ސްޕެއިން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

އެ ގައުމުގެ ބޯޑަރު ހުޅުވައި، މިހާރު ވަނީ ދަތުރުތައް ކުރަން ފަށާފަ އެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ސްޕެއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ބައި މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ޓޫރިޒަމް ރަނގަޅުވުމުގެ އުއްމީދު އެބައޮތް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.

ރާއްޖެ އަށް މިހާރު 18 އެއާލައިނެއް ދަތުރު ކުރަމުންދާއިރު، މި އެއާލައިން ތަކުން މިހާތަނަށް 7,802 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ.