ތާޒާ ރަހަމީރު "ޓުޑޭސް ޓޭސްޓް" 100 ޓީ ބޭގުގެ ސައިފަތް ޕެކެޓް ގަނެގެން 55 އިންޗީގެ ޓީވީއެއް ލިބުމުގެ ފުރުސަތު ޕިރަމިޑުން ހުޅުވާލައިފި އެވެ.

ޕިރަމިޑުން ބުނިގޮތުގައި މިއަހަރުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި، ޓުޑޭސް ޓޭސްޓް ސައިފަތް ޕެކެޓެއް ގަނެގެން އިނާމް ލިބުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އޮންނާނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ގަންނަ ޓުޑޭސް ޓޭސްޓްގެ ކޮންމެ ސައިފަތް ޕެކެޓްގެ އެތެރޭގައި ޚާއްސަ ކާޑެއް އޮންނާނެ އެވެ. މިކާޑުގައި ހުންނާނީ ކުލަ ކާޑަކާއި ކުލަ ނޫން ކާޑެވެ. މީގެ ތެރެއިން ކުލަ ކާޑު ލިބޭ ކަސްޓަމަރުން އެ ކާޑުގެ ފުރަގަހުގައި އިންނަ ޕަޒްލް ފުރިހަމަކޮށްފައި ޕިރަމިޑު ފިހާރަ މާލެ ނުވަތަ ޕިރަމިޑު ފިހާރަ ހުޅުމާލޭގައި ހުންނަ ފޮއްޓަށް ވައްޓާލަން ޖެހެ އެވެ.

ޕިރަމިޑުން ބުނީ ފުރަތަމަ ބުރުގެ ގުރުއަތު ނެގުން އޮންނާނީ އަންނަ އޮކްޓޯބަރު 31 ގަ އެވެ. އަދި ޓީވީ ލިބޭ ފަރާތްތައް ހޮވުމަށް ތިން ބުރެއް ބާއްވާއިރު ކޮންމެ ބުރަކުން ވެސް ގުރުއަތުން ހޮވޭ ފަރާތަށް އިނާމު ހަވާލު ކުރުން އޮންނާނީ ޕިރަމިޑް ފިހާރަގަ އެވެ.

މީގެ އިތުރުން ކުލަ ނޫން ކާޑަށް ވެސް ޓުޑޭސް ޓޭސްޓް ސައި ޖޯޑް، މަގް ފަދަ ތަފާތު ހަދިޔާތައް ދޭން ހަމަޖެހިފައިވެ އެވެ. އަދި ކާޑު ލިބޭ ކަސްޓަމަރުން ކާޑުގައިވާ ޕަޒްލް ފުރިހަމަ ކުރުމަށް ފަހު ޕިރަމިޑް މާލެ ނުވަތަ ހުޅުމާލެ ފިހާރައަށް ދިއުމުން ކާޑު ހަވާލުކުރުމުން ހަދިޔާ ލިބޭނެ އެވެ.

ޕިރަމިޑަކީ ޓުޑޭސް ޓޭސްޓު ސައިފަތުގެ ބާވަތްތަކުގެ އިތުރުން މަންޗީ ބިސްކޯދާއި، މަޝްހޫރު ރަސާކޯ ބްރޭންޑުގެ އެސެންސްއާއި، ޕްރީމިއަމް ކޮލިޓީގެ ޒީބާ ބާސްމަތީ ހަނޑުލާއި އަދި ކާނާގެ އެކިއެކި ބާވަތްތައް ވިއްކާ މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގެ ކަސްޓަމަރުންނަށް މަގްބޫލް ފިހާރައެކެވެ.