މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 102،745 ފަތުރުވެރިއަކު ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 858،711 އަރާފަ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތްއިރު، ތިން ވަނައިގައި އޮތީ ޖަރުމަން ވިލާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 164 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވެ އެވެ. އަދި 761 ގެސްޓްހައުސް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 160 ސަފާރީއަކާއި، 11 ހޮޓަލެއް އޮޕަރޭޝަނަށް ގެނެސްފައިވެ އެވެ.