މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ކުއްލި ގޮތަށް މަގާމުން ވަކިކޮށްފި އެވެ.

އެންޑްރޫ މަގާމުން މިއަދު ވަކިކުރިއިރު، އަލަށް ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ޑެރެން ވިލިއަމްސް މަގާމާ ހަވާލުވުމުން އޭނާއަށް އެތަނުގެ މަސައްކަތްތައް ދައްކަން ހުޅުލޭގެ އެކި ސަރަހައްދުތަކުގައި އުޅުއްވި ކަމަށް ވެސް އެނގިފައިވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ސީއީއޯ ކަމަށް އައްޔަންކުރި އެންޑްރޫ މަގާމުން ވަރަށް ކުއްލި ގޮތަށް މިއަދު އެވެ. އަދި އެކްޓިން ސީއީއޯގެ މަގާމަށް ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ ވަނީ އައްޔަންކޮށްފަ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އެންޑްރޫ މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެންޑްރޫ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފައިވެ އެވެ.