އަންހެން ކަނބަލުންގެ މެދުގައި ކުޅެވޭ އެންމެ ކުލަގަދަ ކްރިކެޓް މުބާރާތް "ވުމެންސް ޕްރިމިއަރ ލީގު" ގެ ދެވަނަ އެޑިޝަން 23 ފެބްރުއަރީ ވާ ހުކުރު ދުވަހު ފަށާނެ އެވެ.

2023 ވަނަ އަހަރު އަލަށްފެށި މި މުބާރާތަށްވަނީ ދިވެހިރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ފުރިހަމަ ތަރުޚީބެއް ލިބިފަ އެވެ. ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުވެސް މުބާރާތުގެ ފޯރިގަދަ ހުރިހާ މެޗެއް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ބެލޭނެ އެވެ.

މި އަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ ދެ ސިޓީއެއްގަ އެވެ. އެއީ ބެންގަލޫރު އަދި ވެރިކަން ކުރާ ރަށް ނިއު ދިއްލީގަ އެވެ. މުބާރާތުގެ ފުރަތަމަ 11 މެޗު ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅެވޭއިރު ގްރޫޕް ސްޓޭޖުގެ ފަހު 10 މެޗު އަދި ސެމީ ފައިނަލު ނޮކްއައުޓް މެޗާއި ފައިނަލް މެޗު ކުޅެވިގެންދާނީ ނިއު ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގަ އެވެ. މިއަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެންމެ މެޗެކެވެ. އަދި މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގައި ރާއްޖެ ގަޑިން 19:00 ގައެވެ. ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިންނެވެ. އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރާނެއެވެ. އެއީ:

  • ދިއްލީ ކެޕިޓަލްސް
  • ގުޖުރާތު ޖަޔަންޓްސް
  • މުމްބާއީ އިންޑިއަންސް
  • ރޯޔަލް ޗެލެންޖާރޒް ބެންގަލޯ
  • ޔޫ ޕީ ވޮރިއާރޒް

2023 ވަނަ އަހަރު ބޭއްވުނު ޓީ20 އަންހެނުންގެ ވޯލްކަޕުގައި ވިދާލި ގިނަ ކުޅުންތެރިންތަކެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ތަރި އަދި ރޯޔަލް ޗެލެންޖަރޒް ބެންގަލޯރގެ ކެޕްޓަން ސްމްރިތީ މަންދަނާ، 2023 ވަނަ އަހަރު ވޯރލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާކަން ހޯދި އޮސްޓްރޭލިއާގެ އޭޝްލީ ގާޑްނާ، ހުނަރުވެރި ބެޓްސްމަން ސައުތް އެފްރިކާގެ ލައުރާ ވޮލްވާޑްޓް އަދި މޮޅު އުންތެރިޔާ އިނގިރޭސި ވިލާތުގެ ސޯފީ އެކްލެސްޓަން ފާހަގަކޮށްލެވެ އެވެ.

މި މުބާރާތުގެ އިތުރުން މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ މަގްބޫލު ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއަރ ލީގުގެ މެޗުތައްވެސް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އެއާއެކު މީޑިއާނެޓުންވަނީ މި ދެ މުބާރާތަށް ޚާއްސަ އެމް އެސް ޑިޖިޓަލް ސީޒަން ޕާސްތަކެއް ތަޢާރަފްކޮށްފައެވެ. އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މެޗުތައް ވަގުތުން ބަލާލެވޭނެއެވެ. ސީޒަން ޕާސްތަކުގެ ތެރޭގައި ހިމެނެނީ:

  • އެމް އެސް ސްޓާޓަރ - ސީޒަން ޕާސް (ޕެކޭޖު އަގު: 99 ރުފިޔާ)– ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް
  • އެމް އެސް ކޮމްބޯ - ސީޒަން ޕާސް (ޕެކޭޖު އަގު: 199 ރުފިޔާ)
  • ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް އަދި ވީޑިއޯ ކްލަބް ކޮންޓެންޓް

މުބާރާތުގެ ފުރަތަމަ މެޗުގައި 23 ފެބްރުއަރީ ވާ ހުކުރު ދުވަހު ބައްދަލުކުރާނީ ފާއިތުވި އަހަރުގެ ޗެމްޕިއަނުން މުމްބާއީ އިންޑިއަންސް އަދި ރަނަރަޕް ދިއްލީ ކެޕިޓަލްސް އެވެ. ޖެހިގެން އަންނަ ދުވަހު އަމިއްލަ ދަނޑުގައި ރޯޔަލް ޗެލެންޖާޒް ބެންގަލޯ ވާދަކުރާނީ ޔޫ ޕީ ވޮރިއާރޒްއާ އެވެ.

23 ވަނަ ދުވަހު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކުއެވެ.